އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރެއަށް ތާވަލުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރެއަށް ތާވަލުކޮށްފި

އެމްޑީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި މިރޭ ގައުމީ މަޖިލިސް އެއްވާން ނިންމީ، ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދި ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އަނބުރައި އެމްޑީޕީއާ ގުޅެން ނިންމުމާއި ގުޅިގެންނެވެ. ނަމަވެސް މިރޭ އޮންނާ ބައްދަލުވުމަކީ ރަސްމީ ބައްދަލުވުމެއް ނޫން ކަމަށްވެއެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުން މިރޭ ބާއްވާއިރު، ޑިމޮކްރެޓްސްއިން ވަނީ އެ ޕާޓީގެ ހުރިހާ މެމްބަރުން އަލުން އެނބުރި އެމްޑީޕީއާ ގުޅުމަށް އިގުރާރުވެފައެވެ. ނަޝީދުވެސް ހިމެނޭހެން މިގޮތަށް ނިންމިއިރު، އެ ޕާޓީން ބުނެފައި ވަނީ އެގޮތަށް ނިންމީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމާއި ރާއްޖޭގެ ކަންކަން ހަމަމަގަށް އެޅުވޭނީ ގިނަޕާޓީތަކެއް އެކުލެވޭ ގޮތަށް މަސައްކަތް ކޮށްގެން ކަމަށް ފެންނާތީ ކަމަށެވެ.

ޑިމޮކްރެޓްސް އުވާލާއި އެމްޑީޕީއަށް އެ ޕާޓީގެ މެމްބަރުން ބަދަލުވާން ނިންމިއިރު، ނަޝީދު ވަނީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވައި އެކަމުގައި ޚިޔާލަށްވެސް އެދިވަޑައިގެންފައެވެ. އެހެންކަމުން ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *