އިޒްރޭލާ ދެކޮޅަށް ރައްޔިތުން އެކަތިގަނޑަކަށްވެ، ސާބިތުކަމާއެކު ތިބޭތި: އީރާން ރައީސް

އިޒްރޭލާ ދެކޮޅަށް ރައްޔިތުން އެކަތިގަނޑަކަށްވެ، ސާބިތުކަމާއެކު ތިބޭތި: އީރާން ރައީސް

މި ވަގުތު އީރާނުގެ ރައްޔިތުންގެ މެދުގައި ހުރި ސިޔާސީ ޚިޔާލު ތަފާތުވުން ދޫކޮށް، އިޒްރޭލާ ދެކޮޅަށް ހުރިހާ ރައްޔިތުން އެކަތިގަނޑަކަށް ވުމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން، އީރާނުގެ ރައްޔިތުންނަށް ރޭ އިލްތިމާސް ކުރައްވައިފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިޔާއަށް އިޒްރޭލުން ހަމަލާދިނުމާއި ގުޅިގެން ގައުމާ މުޚާތަބު ކުރައްވައި ރައީސް މަސްއޫދު ވިދާޅުވީ، ދުޝްމަނުންގެ މެދުގައިވެސް ހަމަނުޖެހުންތަކެއް ކުރިއަށް އެބަދާ ކަމަށެވެ. އެހެންކަމުން އީރާނުގެ ރައްޔިތުންގެ މެދުގައި ހަމަނުޖެހުމެއް ނެތި އެކުގައި ތިބުމަށް އެދިވަޑައިގެންނެވިއެވެ.

މަސްއޫދު ވިދާޅުވީ، މިވަގުތު ރައްޔިތުންގެ މެދުގައި އޮތްނަމަ އޮތް ޚިޔާލުތަފާތުވުމާކާއި، މައްސަލަތަކެއް އެއްފަރާތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިވަގުތު އީރާންގެ ރައްޔިތުން އެއްބައިވަންތަކަން އިސްކޮށް، އިޒްރޭލްގެ ހަމަލާތަކާ ދެކޮޅަށް ސާބިތުވެ ތިބުމަށްވެސް އެދިވަޑައިގެންނެވިއެވެ.

އީރާންގެ ރައީސް މީގެކުރިންވެސް ގައުމާ މުޚާތަބު ކުރައްވައި ވިދާޅުވީ، އީރާނަށް އިޒްރޭލުން އިސްވެ ހަމަލާ ދިނުމަކީ އިޒްރޭލަށް ކުރެވުނު މޮޔަކަމެއް ކަމަށެވެ. އަދި ހަނދާނުން ނުފިލާވަރުގެ އަދަބެއް ދޭނެކަމަށެވެ. އަނެއްކޮޅުން އިޒްރޭލުގެ ސަރުކާރުންވެސް ދަނީ އީރާނަށް ވަރުގަދަ އިންޒާރުތައްދީ އަސްކަރީ ހަމަލާތައްވެސް ދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *