އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހަމްދަރުދީ ފާޅު ކުރައްވައި އިންޑިއާގެ ސަރުކާރަށް މެސެޖެއް ފޮނުއްވައިފި އެވެ.
ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލައިޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.
"މި ހާދިސާގައި އަސަރުކުރި އާއިލާތަކަށް އެމީހުންގެ މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުމުގެ ތެރެއިން ކެތްތެރިކަމާއި ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް އުއްމީދުކުރަމެވެ" ޝާހިދު ވިދާޅުވި އެވެ.
ފުލައިޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ހެޔޮއެދޭ ފަރާތްތަކުން ލިބެމުންދާ ހިތްވަރުގެ ސަބަބުން އެ އާއިލާތަކަށް ކެތްތެރިކަން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އިންޑިއާގެ އަހުމަދު އާބާދުން ފުރައިގެން ދަތުުކުރަމުން ދަނިކޮށް މިއަދު ވެއްޓުނީ އެއާ އިންޑިއާގެ ފްލައިޓް 171 އެވެ. އެ ފްލައިޓުން 240އަށް ވުރެ ގިނަ މީހުން ދަތުރުކުރި އިރު ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.