ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިޔާ ޝައިހް އިބްރާހީމް ފަރީދު މިއަދު އަވަހާރަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިޚް އަވަހާރަވީ ކުއްލި ގޮތަކަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.
ޝައިޚް ފަރީދަކީ ގިނަ ބަޔެއްގެ ލޯބި ހޯދާފައިވާ އިލްމާވެރިޔެކެވެ. ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ވަޑައިގެން ޝައިޚް ވަނީ ދީނީ ދަރުސްތައް ދެއްވާފައެވެ. އަދި މާލޭގައިވެސް ގިނަ އަދަދަކަށް ދަރުސް ދެއްވާފައިވެއެވެ.
ޝައިޚްގެ ފުރާނައަށާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން