ލ. އަތޮޅު ގަން ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ "މަހަކަންފުށި" ކައިރިއަށް މަސް ހިފަން ފައިބައި އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވާ ފެއްނިއްޖެއެވެ.
"މާލެ ޓައިމްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސް ހިފަން ފައިބައި އުޅެނިކޮށް ގެންލިގެން ހޯދަމުން ދިޔައީ ގަމު ތުނޑީ އަވަށު ފެސްފަރީ، އަބުދުލްސަމަދު މުހައްމަދެވެ. ފުލުހުންވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.
ފުލުހުން ބުނީ، ސަމަދު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު 9:50 ހާއިރު ކަމަށެވެ. ފުލުހުން ބުނީ ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ހިއްސާކޮށް އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ދާ ޖަހައިގެން މަސް ހިފަން އުޅުނު މީހެކެވެ. ސަމަދު ހޯދުމުގެ މަސައްކަތް އެ ރަށު ކައުންސިލުންވެސް ދިޔައީ ކުރަމުންނެވެ.