ކަރަންޓު ކެނޑުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

ކަރަންޓު ކެނޑުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު ފުލުހުން ފަށައފި އެވެ.

ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު މެންދުރު 12:30 އެހާއިރު އެވެ. ކަރަންޓް ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

ހައްޖުގެ އަޅުކަން އަދާުރެއްވުމަށް މި ވަގުތު ސައުދީއަރަބިޔާ އަށް ވަޑައިގެން ހުންނެވި ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގުކުރަން ކަމާބެހޭ އިދާރާތަކަށް އަންގަވާފަ އެވެ.

 

ފުލުހުން ދެންމެ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި އެކަން ހިނގި ގޮތް ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

 

މާލެ، ހުޅުމާލެގެ އިތުރުން ވައިގެ މައި ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފަ އެވެ.

އެމްއޭސީއެލުން ބުނީ ބެކަޕް ޖަނަރޭޓަރުތައް މިހާރު ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *