އުުމުރުން 54 އަހަރުގެ މުކުލްދޭން މިދިޔަ ހުކުރު ދުވަހު މަރުވެފައި ވަނީ، ދިއްލީ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ.
މުކުލް ވަނީ، ހިންދީ، ޕަންޖާބީ، ބެންގޯލީ، މަޅިޔާލަމް، ކަންނަޑާ، ތެލުގޫ، މިހުރިހާ ވައްތަރެއްގެ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. މީގެއިތުރުން މިއުޒިކް އަލްބަމް ތަކުންނާއި، ޓީވީ ރިޔަލިޓީ ޝޯތަކާއި ޑާންސް ޝޯ ތަކުންވެސް އޭނާ ވަނީ މަޝްހޫރުކަން ހޯދައިފައެވެ.
ފަހުން ނިކުތް އޭނާގެ ފިލްމު ތަކުގެ ތެރޭގައި، ޝާހިދު ކަޕޫރާއި ސޯނާކްޝީ ހިމެނޭ އާރު ރާޖްކުމާރު އާއި ޑިއޯލް ފެމިލީއާއެކު ޔަމްލާ ޕަގްލާ ދިމާވާނާ އާއި އަޖޭ ދޭވްގަން އާއެކު ސަން އޮފް ސަރުދާރާއި، ސަލްމާންހާންގެ ފިލްމު ޖޭހޯ އާއި އަންތު ހިމެނެއެވެ.
މުކުލް މަރުވީ ކޮން ބައްޔެއްގައިކަން މިހާތަނަށް މީޑިއާ ތަކަށް ސާފުވެފައި ނުވިނަމަވެސް، ފިލްމީ ދާއިރާގައި އުޅޭ އޭނާގެ ބަޔެއް ރައްޓެހިން ބުނެފައި ވަނީ، އޭނާގެ މައިންބަފައިން މަރުވުމާއި ގުޅިގެން މިފަހުން އޭނާ އުޅެމުން ދިޔައީ ޑިޕްރެޝަންގައި ކަމަށެވެ.
ގިނަ މީހުންނަށް އެނގިފައި ނެތަސް މުކުލް އަކީ ޕައިލެޓެކެވެ.