ކިޔާރާގެ ރީތިކަން ފެނި ގިނަބަޔަކު ތަލިން ކުޅުހިކި، ތައުރީފު އޮއްސާލައިފި

ކިޔާރާގެ ރީތިކަން ފެނި ގިނަބަޔަކު ތަލިން ކުޅުހިކި، ތައުރީފު އޮއްސާލައިފި

ރިތިކް ރޯޝަން އާއި ޖޫނިއާ އެންޓީއާރާއި ކިޔާރާ އަދްވާނީގެ ފިލްމު "ވޯ 2″ ގެ ޓީޒާ ރިލީސް ކޮށްފިއެވެ.

މި އެކްޝަން ފިލްމުގައި ނޭވާ ހިފާއްޓާލަންޖެހޭ ފަދަ މޮޅެތި ތަޅާފޮޅުންތައް ހިމޭނެކަން ޓީޒާއިންވެސް ހާމަވެގެން ދެއެވެ.

ނަމަވެސް މި ފިލްމުގެ ޓީޒާއިން އެންމެ ގިނަ މީހުންނަށް ފާހަގަ ވެގެން ދިޔައީ، އެ ފިލްމުގައި އޭނާގެ ރީތި ކަމެވެ.

ފިލްމުގެ ޓީޒާ ރިލީސް ކުރުމާއެކީ، ކިޔާރާގެ ރީތި ކަމަށް ތައުރީފްކޮށް ސޯޝަލް މީޑިއާ ވަނީ ފުރާލައިފައެވެ.

އެކަމާ ގުޅިގެން ކިޔާއާ ބުނެފައި ވަނީ މި ފިލްމަކީ، ފުރަތަމަ ފަހަރަށް އޭނާގެ ވަރަށްގިނަ ކަންކަން ހިމެނޭ ފިލްމެއް ކަމަށެވެ. އެގޮތުން މި ފިލްމަކީ ބިކިނީގައި އެންމެ ފުރަތަމަ އޭނާ އެކްޓްކުރި ފިލްމު ކަމަށާއި، އަދި ޔާޝްރާޖްގެ ބެނާގެ ދަށުން އޭނާ ކުޅޭ ފުރަތަމަ ފިލްމު ކަމަށާއި، އޭނާގެ ފުރަތަމަ އެކްޝަން ފިލްމުގެ އިތުރުން ރިތިކް ރޯޝަން އާއި ޖޫނިއާ އެންޓީއާރާއެކު ކުޅުނު ފުރަތަމަ ފިލްމުކަމަށް އޭނާ ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *