ޕަރޭޝް ރާވަލް އަތުން 25 ކްރޯޑް ރުޕީސް ހޯދަން އަކްޝޭ ދައުވާ ކޮށްފި

ޕަރޭޝް ރާވަލް އަތުން 25 ކްރޯޑް ރުޕީސް ހޯދަން އަކްޝޭ ދައުވާ ކޮށްފި

މަޝްހޫރު ހެއްވާ މަޖާ ފިލްމު "ހީރާ ޕެރީގެ ތިން ވަނަ ފިލްމު ހުޅުވުމަށް ސޮއި ކުރުމަށް ފަހު އެ ފިލްމުން ވަކިވުމާއި ގުޅިގެން ޕަރޭޝް ރާވަލް އަތުން 25 ކްރޯޑް ރުޕީސް ހޯދުމަށް އަކްޝޭ ކުމާރު ކޯޓަށް ހުށަހަޅައިފިއެވެ.

އަކްޝޭ ކަންނާ އާއި ސުނިލް ޝެޓީ އާއި ޕަރޭޝް ރާވަލް ހިމެނިގެން މި ފިލްމުގެ ބައެއް ޝޫޓިންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ފިލްމުގައި ޕަރޭޝް އަށް ރޯލު ދީފައިވަނީ އޭނާ ހުށަހެޅި އަގުގެ ތިން ގުނަ ދިނުމަށް ފަހުގައެވެ.

ނަމަވެސް އެފިލްމުން ވަކިވެފައިވާ ކަމަށް ޕަރޭޝް މިދިޔަ ހަފްތާގައި ވަނީ ބުނެފައެވެ. ފިލްމުން ވަކިވި ސަބަބު ހާމަނުކޮށް ސޯޝަލް މީޑިއާގައި އޭނާ ބުނެފައިވަނީ، އެފިލްމާއެކު ދެން ކުރިއަށްދާން ބޭނުން ނުވާ ކަމަށެވެ. އަދި ފިލްމުން ވަކިވުމުގައި ފައިސާގެ މައްސަލައެއް ނެތް ކަމަށް އޭނާ ބުނެފައިވެއެވެ.

މި ފިލްމަކީ އަކްޝޭ ކުމާރުގެ އަމިއްލަ ޕްރޮޑަކްޝަންގެ ދަށުން ކުރިއަށް ގެންދާ ފިލްމަކަށް ވެފައި، ފިލްމުގެ ޝޫޓިން ފެށުނު ފަހުން ފިލްމުން ވަކިވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި ޕަޜޭޝް ރާވަލް އަތުން 25 ކްރޯޑް ރުޕީސް ހޯދަން އަކްޝޭ ވަނީ ހުށަހަޅައިފައެވެ.

އަކްޝޭގެ 30 އަހަރަށްވުރެ ގިނަ ދުވަސްވީ ފިލްމީ ކެރިއަރުގައި މިއީ މީހެއްގެ އަތުން ފައިސާ ހޯދުމަށް އަކްޝޭ ހުށަހެޅި ފުރަތަމަ މައްސަލައެވެ.

މި މައްސަލައިގައި "ހީރާޕެރީ 3″ ކުރިއަށް ދިއުމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *