ބްރޯޑްކާސްޓިން ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި ގެއަށް ހިނގައްޖެ

ބްރޯޑްކާސްޓިން ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި ގެއަށް ހިނގައްޖެ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ކޮމިޝަނުގެ މެމްބަރުންނާމެދު ހިތްހަމަނުޖެހިގެން މަސައްކަތް ދޫކޮށް ގެއަށް ހިނގައްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ނުކުރަން ގެއަށް ދިޔައީ، ކޮމިޝަނުގެ މެމްބަރުންނާމެދު ހިތްހަމަނުޖެހިގެން މުވައްޒަފުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާއެކު، ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޝަނުގައި ޖުމްލަ ތިބެނީ 25 މުވައްޒަފުންނެވެ. އޭގެތެރެއިން ބަޔެއް މުވައްޒަފުން މިއަދު ތިބީ ސަލާމުގައެވެ. ސަލާމުގައި ނެތް މުވައްޒަފުންވެސް އޮފީހަށް ނުކުރުމަށްފަހު ވަނީ ގެއަށް ގޮސްފައެވެ.

މުވައްޒަފުން މަސައްކަތް ހުއްޓާލައި ގެއަށް ދިޔައީ، މަޖިލީހަށް ޕެޓިޝަނެއް ލުމުން ކޮމިޝަނުގެ މެމްބަރުންގެ ފަރާތުން މުވައްޒަފުންނާމެދު ބޭއިންސާފުން އަމަލު ކުރަމުން އަންނަ ކަމަށް ބުނެއެވެ. އަދި އެސްޖީ ސަސްޕެންޑް ކުރީވެސް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށާއި، އެގޮތަށް އެސްޖީ ސަސްޕެންޑް ކުރީ ދެންތިބި މުވައްޒަފުންނަށް ބިރު ދެއްކުމަށް ކަމަށްވެސް މުވައްޒަފުން ވަނީ ބުނެފައެވެ.

އެސްޖީ ސަސްޕެންޑް ކުރި ސަބަބެއް ކަމަށް ކޮމިޝަނުން ބުނެފައި ވަނީ ކޮމިޝަނުގެ މެމްބަރުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީ ގޮތުން ދޭންޖެހޭ އެއްބާރުލުން ނުދިނުން ކަމަށެވެ. ޒީނިޔާ ސަސްޕެންޑް ކުރިއިރު، ކޮމިޝަނުގެ މެމްބަރުންނާމެދު ހިތްހަމަނުޖެހި ގިނަ ކަންތައްތަކެއް ފާހަގަކޮށް، މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *