ލޯންޗަކުން ޖެހި ބުރިވި އަތް އަދިވެސް ނުފެނޭ!

ލޯންޗަކުން ޖެހި ބުރިވި އަތް އަދިވެސް ނުފެނޭ!

ރިސޯޓެއްގެ ނެރު ކައިރީގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ފީނަން އުޅެނިކޮށް ލޯންޗަކުން ޖެހި، މީހެއްގެ އަތް ބުރިވި ހާދިސާގައި، އެ މީހާގެ އަތް އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝަަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދު ދެ ފަހަަރެއްގެ މަތިން ބަލައި ފާސްކުރެވުނު ނަމަވެސް، އަނިޔާ ލިބުނު މީހާގެ ބުރިވި އަތް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގައި ލޯންޗް ކެޕްޓަން ހިމެނޭހެން ގިނަ އަދަދެއްގެ މީހުންނާއި ސުވާލު ކުރެވި ބަޔާން ނަގާފައިވާ ކަމަށެވެ. އެ އެކްސިޑެންޓާއި ގުޅިގެން އެއްވެސް މީހަކަށް އަދި ފިޔަވަޅު އަޅާފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *