މާރާމާރީއެއްގައި ބޯ ފަޅާލައި، ބުރަކަށި ދުޅަކޮށްލައި، އުޅަނބޮށިން ހަން މަށާލައިފި

މާރާމާރީއެއްގައި ބޯ ފަޅާލައި، ބުރަކަށި ދުޅަކޮށްލައި، އުޅަނބޮށިން ހަން މަށާލައިފި

ހުޅުމާލޭ ފޭސް ދޭއްގައި ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން މިއަދު  ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ހިޔާގެ 11 ވަނަ ޓަވަރު ކައިރީގައި މާރާމާރީއެއް ހިންގި މައްސަލަ ރޭ 23:51ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ދެ މީހަކަަށް އަނިޔާވެފައިވާ ކަަމަށާއި މިގޮތުން އެކަކުގެ ބޯ ފަޅައިގެން ގޮސްފައި ވާއިރު، ދެވަނަ މީހާގެ ބުރަކަށިން އެކި ތަންތަން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އޭގެ އިތުރުން އެ މާރާމާރީ ހިންގި މީހުން ދެ ފޯނު ފޭރިގެންފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *