ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވުމާއި ގުޅިގެން، އެ ދެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ހަތް ފަނޑިޔާރުން ތިބޭ ސުޕްރީމް ކޯޓުން އެންމެ ފަހުން ދެ ޖާގަ ހުސްވީ، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑީޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކޮށްފައިވާތީއެވެ. މި ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ ޖޭއެސްސީން އެ ދެ ފަނޑިޔާރުންގެ މައްސަލައެއް ބެލުމަށްފަހު، މަގާމުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުންނެވެ.

ދެ ފަނޑިޔާރުން އައްޔަން ކުރުމަށްޓަކައި ފަނޑިޔާރުން ކަމަށް ކުރިމަތިލާން ޖޭއެސްސީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ކުރިމަތިލުމުގެ ފުރުޞަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12 ޖަހަންދެން އޮންނާނެއެވެ. ކުރިމަތިލެވޭނީ ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *