ޑިމޮކްރަސީއަށް ކުރިމަތި ވެފައިވާ ނުރައްކާތައް އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންނަށް ސާފުކޮށްދީފި

ޑިމޮކްރަސީއަށް ކުރިމަތި ވެފައިވާ ނުރައްކާތައް އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންނަށް ސާފުކޮށްދީފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އިނގިރޭސިވިލާތުގެ ގާނޫނޫ ހަދާ މެންބަރުންނާ ބައްދަލުކުރައްވައި، ރާއްޖެ ޑިމޮކްރަސީއަށް ކުރިމަތިވާ ނުރައްކާތައް ސާފުކޮށްދެއްވައިފިއެވެ.

ޝާހިދުގެ އަރިހުގައި މަޖިލިސް މެމްބަރު މީކާއިލް ނަސީމާ އަދި ކުރީގެ މެމްބަރު ހުސައިން ޝަހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ވެސްޓްމިންސްޓާ ޕެލަސްއަށް ޒިޔާރަތްކޮށް، ރާއްޖޭގައި ޑިމޮކްރަސީއަށް ކުރިމަތިވަމުންދާ ނުރައްކާތަކާ ބެހޭގޮތުން އެކި ޕާޓީތަކުގެ ޕާލަމެންޓް މެންބަރުންނާއެކު މަޝްވަރާ ކުރައްވާފައެވެ.

“އަޅުގަނޑުމެން މަޝްވަރާކުރީ ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލެމުންދާ ގޮތާއި، މުއައްސަސާތަކުގެ ޗެކްސް އެންޑް ބެލެންސަސް ފުނޑުފުނޑުވެގެން ދިޔުމާއި، މީޑިޔާ އަދި މިނިވަން މުއައްސަސާތަކަށް ދެމުންދާ ހަމަލާތަކާއި، އަދި ސަރުކާރުން ޤާނޫނުއަސާސީއަށް ފާޅުކަންބޮޑު ގޮތެއްގައި އިހުތިރާމް ނުކުރާ މިންވަރާ ބެހޭގޮތުންނެވެ.” ޝާހިދު ވިދާޅުވި އެވެ.އަދި މީގެ އިތުރުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޒުވާނުން މިހާރު ކުރަމުންދާ މުޒާހަރާގެ ކަންކަން ހިއްސާ ކޮށްފަައިވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ކޮމަންވެލްތްގެ އިސްވެރިންނާވެސް ބައްދަލު ކުރައްވައި ރާއްޖޭގެ ހާލަތު ސާފުކޮށްދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *