ހުޅަނގު މޫސުން ދެންވާނީ ގަދަ، ދެން އޮތީ ބޯ ވިއްސާރައިގެ ތިން ދުވަސް: މެޓް

ހުޅަނގު މޫސުން ދެންވާނީ ގަދަ، ދެން އޮތީ ބޯ ވިއްސާރައިގެ ތިން ދުވަސް: މެޓް

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ތިން ދުވަހު ބޯކޮށް ވާރޭވެހި ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް  މޫސުމާބެހޭ  ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހި ވިއްސާރަ ވުމުގެ އިތުރުން، ވައި ގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެެވެ. އެހެންވެ މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރިއެވެ.

މެޓުން މިދިޔަ ހަފްތާގައި ބުނެފައި ވަނީ ދެކުނަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ. ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ ގޮތަކީ ދެކުނުގެ އަތޮޅު ތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުމާއި، ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައި ޖެހުން ކަމަށް މެޓުން ބުންޏެވެ.

އެ ދެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ގޮސްފި ނަމަ، އެއީ ހުޅަނގު މޫސުން ފެށުނީ ކަމަށް ބަލާނެ ކަމަށްވެސް މެޓުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *