ހޮލީވުޑް އަދި މުޅި ދުނިޔޭގެ އެންމެ މަޝްހޫރު ގިނަ ސުޕަސްޓާރުން ތަކެއް ފަހަތައް ޖައްސާލުމަށްފަހު، ބޮލީވުޑުގެ ސްޕަސްޓާ ޝާހްރުކް ހާން، ދުނިޔޭގެ އެންމެ މުއްސަނދި ސްޓާރުންގެ ލިސްޓުން ހަތަރު ވަނައަށް އަރައިފިއެވެ.
އެ ލިސްޓިގެ އެއްވަނާގައި މިހާރު އޮތީ، ޓާމިނޭޓާ ހިމެނޭ ގޮތުން ގިނަ އެކްޝަން ފިލްމުތަކެއް ކުޅެފައިވާ، މަޝްހޫރު އެެކްޝަން ސްޓާ އަދި އެމެރިކާގެ ސީޔާސީ މީހެއް ކަމަށްވާ، އާނޯލްޑް އެވެ. އޭނާގެ އާމްދަނީ 1.49 ބިލިޔަން ޑޮލަރަށް އަރައެވެ.
ލިސްޓްގެ ދެވަނާގައި އޮތީ، މަޝްހޫރު ރެސްލިން ތެޅުންތެރިޔާ އަދި އެކްޝަން ސްޓާ ޑްވޭން ޖޮންސަންއެވެ. އޭނާގެ އާމްދަނީ އަކީ 1.19 ބިލިޔަން ޑޮލަރެވެ.
ލިސްޓުގެ ތިންވަނާގައި އޮތީ، ހޮލީވުޑް ފިލްމުތަކުގައި، ސިއްރު އެޖެންޓެއްގެ ބައި ކުޅެ، މީހުން ސިއްސުވާލާ އަމިއްލަ ސްޓަންޓް ތަކަށް މަޝްހޫރު، ޓޮމް ކުރޫޒްއެވެ. އޭނާގެ އާމްދަނީއަކީ 891 މިލިޔަން ޑޮލަރެވެ.
ބޮލީވުޑުގެ ސްޕަސްޓާ ޝާހް ރުކްހާން އެ ލިސްޓްގެ ހަތަރުވަނާގައި އޮތީ، 876.5 މިލިޔަން ޑޮލަރުގެ އާމްދަނީއާއެކުއެވެ.
ޝާހުގެ ފަހަތުން ލިސްޓްގެ ފަސްވަނާގައި ހިމެނެނީ، 742 މިލިޔަން ޑޮލަރާއެކު ޖޯޖް ކްލޫނީއެވެ. 735.35 މިލިޔަން ޑޮލަރާއެކު 6 ވަނާގައި ހިމެނެނީ ރޮބަޓް ޑެނީރޯ އެވެ. އަދި 7 ވަނައިގައި ހިމެނެނީ، ބްރެޑްޕިޓް އެވެ. އެއީ 594.23 މިލިޔަން ޑޮލަރުގެ އާމްދަނީއާއެކުއެވެ. 8 ވަނައިގައި ހިމެނެނީ ޖެގް ނިކޯލްސަން، އެއީ 590 މިިޔަން ޑޮލަރުގެ އާމްދަނީއަކާއެކުއެވެ.
ލިސްޓްގެ 9 ގައި 591.94 މިލިޔަން ޑޮލަރުގެ އާމްދަނީއާއެކު ޓޮމްހޭންކް އޮތްއިރު، 557.09 މިިލިޔަން ޑޮލަރުގެ އާމްދަނީއާއެކު ލިސްޓްގެ 10 ވަނައިގައި އޮތީ މަޝްހޫރު ޖެކީ ޗޭންއެވެ.