ފުލުހުންގެ ހައުސިން ކޮރަޕްޝަން: ޕޮލްކޯގެ އިސް ބޭފުޅުން ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފި

ފުލުހުންގެ ހައުސިން ކޮރަޕްޝަން: ޕޮލްކޯގެ އިސް ބޭފުޅުން ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފި

ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ތެެރެއިން ސިފައިންގެ ވެލްފެއާރ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަ ބަލަމުންދާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ، އެ މައްސަލައިގެ ތަހުގީގު ރިޕޯޓް ކޮމިޓީން ނިންމުމުގެ ކުރިން، އެ މައްސަލައަށް ޕޮލްކޯގެ އިސް ބޭފުޅުންގެ ބަހެއް ހޯދުމެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދައިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ޕޮލްކޯ މައްސަލައިގެ ރިޕޯޓް ތިން ބަޔަކަށް ބަހާލާފައިވާ ކަމަށެވެ.

"އެއީ ތިން ކޮންޓްރެކްޓަރުން ވަކިން، ނޫމަޑި ކޮންޓްރެކްޓާއި، އައިލެންޑް އެކްސްޕާޓް ކޮންޓްރެކްޓާއި، އަމީން ކޮންސްޓްރަކްޝަން ކޮންޓްރެކްޓް،" ނާޒިމް ވިދާޅުވިއެވެ.

އޭގެތެރެއިން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދާނީ، ޕޮލްކޯގެ އިސް ފަރާތްތަކުގެ ބަހެެއް ހޯދުން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޕޮލްކޯގެ އިސްބޭފުޅެއް ކަމަށްވާ އަބްދުލް މަންނާނު ޔޫސުފާއި، ޕޮލްކޯގެ ފުރަތަމަ ދެ ދައުރުގެ ހަޒާންދާރު ނަހުޝާދު ސާނީ، ކޮމިޓީއަށް ހާޒިރު ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލަަތައް ކޮމިޓީން ކުރިއަށް ގެންދަނީ، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ގުޅިގެންކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި އޮބްޒާވަރެއްގެ ގޮތުގައި އޭސީސީ ބައިވެރިވާ ކަމަށެވެ. ނަމަވެސް ކޮމިޓީ ބައްދަލުވުން ސިއްރު ކުރެއްވުމަށް އެބޭފުޅުން ޝަރުތު ކޮށްފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އެހެން ކަމުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރެއްވުމަށް ނާޒިމް ހުށަހެޅުއްވިއެވެ.

ތާއީދު ކުރެއްވީ، ބާރަށު ދާއިރާގެ މެންބަރު ސުޖާއުއެވެ. އެ ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު ދެކޮޅު ހަދާފައިނުވާތީ، ކޮމިޓީގެ ބައްދަލުވުން ސިއްރުު ކަމަށް ނާޒިމް ނިންމެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *