ފުވައްމުލަކު ޕޮލިސް ކަސްޓޯޑިއަލްގައި ޒުވާނަކަށް އަނިޔާކޮށް ބޭސްފަރުވާއިން މަހުރޫމް ކުރަމުންދާކަމުގެ ތުހުމަތު!

ފުވައްމުލަކު ޕޮލިސް ކަސްޓޯޑިއަލްގައި ޒުވާނަކަށް އަނިޔާކޮށް ބޭސްފަރުވާއިން މަހުރޫމް ކުރަމުންދާކަމުގެ ތުހުމަތު!

ފުވައްމުލަކު ސިޓީ ޕޮލިސް ކަަސްޓޯޑިއަލްގައި ޒުވާނަކަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށްފި އެވެ.

ފުވައްމުލަކުން “މާލޭޓައިމްސް” އަށް މައުލޫމާތުދިން މީހަކު ބުނީ ފުލުހުން ވަނީ މިފަހަކުން މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އެ ރަށު ޒުވާނަކު ހައްޔަރުކޮށްފައި ކަމަށެވެ.

“އެ ކުއްޖާއަށް އަނިޔާ މިކުރީ ކަސްޓޯޑިއަލްގެ ތެރޭގައި. މައްސަލައެއްގައި ހައްޔަރުކޮށްގެން ގެންދިޔަސް އަނިޔާ ނުކުރެވޭނެ ކަން މިރަށު ޒުވާނުން ފާހަގަ ކުރަނީ” މި ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ކަސްޓޯޑިއަލްގައި އަނިޔާ ކުރުމަށްފަހު އެ ޒުވާނާއަށް ބޭނުންވާ ބޭސްފަރުވާއަށް ވެސް ފުލުހުން ހުރަސް އަޅަމުންދާ ކަމަށް އެ ރަށުން މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ފުލުހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ޒުވާނަކު ހައްޔަރުކުރިއިރު އެ ރަށުގެ ބޮޑެތި ޑްރަގް ނެޓްވޯކުތައް އެއްކޮަށް ނައްތާލެވިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފަައިވެ އެވެ.

އެ ރަށުގައި ޑްރަގް ނެޓްވޯކު ހިންގި ދެ މީހެއްގެ މައްސަލަ ކޯޓަށް ހުށަހަޅައިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *