ޑރ. ޝަހީމް އަލުން އަދާލަތާގުޅި، ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވަނީ

ޑރ. ޝަހީމް އަލުން އަދާލަތާގުޅި، ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވަނީ

އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީއާ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރި އަދާލަތު ޕާޓީ މިހާރު އޮތީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނާރަން ނިންމައިފައެވެ.

އަދާލަތު ޕާޓީގެ ސްލޮޓްގައި ފެބްރުއަރީ 19، 2012 ގައި އިސްލާމިކް މިނިސްޓަރުކަމަށް އައްޔަންކުރި ދުވަހުގެ ފޮޓޯއަކާ އެކު، ދެންމެ ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، އެ ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އޭނާ ހިދުމަތްކުރި އަދާލަތު ޕާޓީއާ ‎އަލުން ގުޅިވަޑައިގަތުމަށް ނިންމަވައިފި ކަމަށެވެ.

"މި އަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި އަޅުގަނޑު ވާދަކުރާނަން. އިންޝާ ﷲ،" މި ސަރުކާރު ދިފާއު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަަޑައިގަންނަވާ ޝަހީމް ވިދާޅުވި އެވެ.

ޕީޕީއެމް އުފެދުނު ފަހުން ޝަހީމް އަދި އެއްވެސް ޕާޓީއަކާ ގުޅިވަޑައެއް ނުގަންނަވަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *