މަސައްކަތް ކުރިއަށްގެންދާނެ ގޮތް ކަނޑައަޅަން ބޭއްވި ހިއުމަންރައިޓްސް ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

މަސައްކަތް ކުރިއަށްގެންދާނެ ގޮތް ކަނޑައަޅަން ބޭއްވި ހިއުމަންރައިޓްސް ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

މަސައްކަތް ކުރިއަށްގެންދާނެ ގޮތް ކަނޑައަޅަން ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ކޮމިޓީގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީވެސް ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތާމެދު މަޝްވަރާ ކުރުން އެކަންޏެވެ.

ކޮމިޓީ ބައްދަލުވުން ފެށުމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު ވިދާޅުވީ، ކޮމިޓީގައި މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އެ ކޮމިޓީގެ މެންޑޭޓްގައި ހިމެނޭ ކަންތައްތަކާމެދު މަޝްވަރާކުރުމަށް ކަމަށެވެ. އެހެންކަމުން އޭގެ ތެރޭގައި ހިމެނޭ ބައެއްކަންކަމުގެ ސިއްރު ހިފެހެއްޓުމުގެ މުހިއްމުކަން ވިސްނޭތީ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހަޅުއްވާ ކަމަށެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދެވެ.

އެ ހުށަހެޅުން ފާސްކޮށް ކޮޮމިޓީ ބައްދަލުވުން ވަނީ ސިއްރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *