ޔާމީންގެ ދިފާއުގައި ހެކިބަސް ނުދިނީ މިނޫން ދުވަހެއް އޮތްކަން އެނގި ހެޔޮބަސް އަހައިގެން: ނަރީޝް

ޔާމީންގެ ދިފާއުގައި ހެކިބަސް ނުދިނީ މިނޫން ދުވަހެއް އޮތްކަން އެނގި ހެޔޮބަސް އަހައިގެން: ނަރީޝް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން  ޔާމީންގެ ދިފާއުގައި މީގެކުރިން ހެކިބަސް ދިން ނަމަވެސް، އަލުން އެކަމުގައި ހެކިބަސް ދޭން އިއުތިރާޒް ކުރެއްވީ "މިނޫން ދުވަހެއްވެސް އޮތްކަން އެނގޭތީ" ކަމަށް މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި މިހާރު ޔޫތް މިނިސްޓްރީގެ އެޑްވައިޒަރު ކަމުގައި ހުންނެވި އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިފަދައިން ވިދާޅުވީ، ޔާމީންގެ ދިފާއުގައި މިފަހަރު ހެކިބަސް ދޭން ނަރީޝް އިއުތިރާޒު ކުރައްވާފައިވާތީ، ޔާމީނަށް ތާއީދު ކުރާ އެކްޓިވިސްޓަކު ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓަކަށް ރައްދު ދެއްވައެވެ.

ނަރީޝް ވިދާޅުވީ، ޔާމީންގެ ދުފާއުގައި ހެކިބަސް މިފަހަރު ނުދެއްވީ ހެޔޮ ބަސް އަހައި ﷲއަށް ބިރުވެތިވެ، މައުލޫމާތު ނެތް މައްސަލައެއްގައި ހެކިބަސް ނުދޭން ވެގެން ކަމަށެވެ.

"މި ނޫން ދުވަހެއް އޮތްކަން ހަނދާންކޮށް ބިރުވެތިވެ، ހެޔޮބަސްއަހައި ގަބޫލުކޮށްގެން، ކަމުގެ މައުލޫމަތު ނެތް މައްސަލައެއްގައި ހެކިބަސް ދޭން އިއުތިރާޒު ކުރީ،“ ނަރީޝް ވިދާޅުވިއެވެ.

މި މައްސަލައިގައި ޔާމީންގެ ފަރާތުން ހުށަހެޅި އެއް ހެއްކަކީ ނަރީޝްއެވެ. ޝަރީއަތުގައި ގާޒީ ވިދާޅުވީ ހެކިބަސް ދޭން ނަރީޝް އިއުތިރާޒު ކުރައްވާ ކަމަށެވެ. ނަމަވެސް ޔާމީން ބޭނުންފުޅު ނަމަ ހައްޔަރު ކޮށްގެންވެސް ނަރީޝް ގެނެސް ހެކިބަސް ނެގިދާނެ ކަމަށެވެ. ނަމަވެސް އެގޮތް ޔާމީން ބޭނުންފުޅެއްނުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. އަސްލު މިފަހަރު ތި ދިޔައީ ހަގީގަތަށް ކުރިން އެކަންކުރެއްވީ ޔާމީން ރައީސްކަމަށް ހޮވުމުން ބޮޑުމަޤާމް ލިބޭނެތީވެ.

  2. الحمد للهً ނަރީޝް އަށް ހެޔޮވިސްނުން ދެއްވިކަމަށްޓަކާ الله އަށް ޝުކުރު ދަންނަވަން

Leave a Reply to ވައްޑެ Cancel reply

Your email address will not be published. Required fields are marked *