ޑރ މުނައްވަރު، ޝާހިދާއެކު އައްޑޫ އެމްޑީޕީ ހަރުގޭގައި

ޑރ މުނައްވަރު، ޝާހިދާއެކު އައްޑޫ އެމްޑީޕީ ހަރުގޭގައި

ކުރީގެ ބަންޑާރަ ނައިބު އަދި އެމްޑީޕީގެ ރައީސްކަން ކުރިން ކުރައްވާފައިވާ ޑރ. މުޙަންމަދު މުނައްވަރު، އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އެމްޑީޕީ ހަރުގޭގައި، އޮތް ޖަލްސާއަކަށް ވަޑައިގެންފިއެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، މިހާރު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި ޑރ. މުނައްވަރު ބައިވެރިވެވަޑައިގެން، އެ ބައްދަލުވުމަށްފަހު، ޝާހިދާއެކު ވަނީ ފޮޓޯވެސް ނަންގަވާފައެވެ. އެ ފޮޓޯ ޝާހިދު ވަނީ އެމަނިކުފާނުގެ އެކްސްގައި ޙިއްސާ ކުރައްވާފައެވެ.

ޑރ. މުނައްވަރާއި، އައްޑޫ މޭޔަރު އަލީ ނިޒާރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނާޒިލްވެސް ހުންނެވި އެ ފޮޓޯ އެކްސްގައި ޙިއްސާ ކުރެއްވުމަށްފަހު ޝާހިދު ވިދާޅުވީ، ހިތަދޫ އެމްޑީޕީގެ ހަރުގެއިން ޑރ. މުނައްވަރާ ބައްދަލުވުމުން ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށެވެ. ޑރ. މުނައްވަރަކީ އެމްޑީޕީއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްޑީޕީގެ ހަރުގޭގައި އޮތް ސިޔާސީ އިވެންޓަކަށް ޑރ. މުނައްވަރު ވަޑައިގެންނެވިއިރު، ޑރ. މުނައްވަރަކީ މިހާރުގެ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގައި މުހިންމު ރޯލެއް އޭރު އަދާކުރެއްވި ބޭފުޅެކެވެ. ނަމަވެސް ޑރ. މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބަޔެއް ބޭފުޅުން ކުރިން ރައީސް މުއިއްޒަށް ކުރެއްވި ތާއީދު އަނބުރާ ގެންގޮސް ފާޑު ވިދާޅުވަމުން ގެންދަވާތީ ފެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *