މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ ބިރަކާ ނުލާ މަޖާކުރެވެން ޖެހޭނެކަން ޕްރޮމޯޓު ކުރި ފަރާތްތައް: ރައީސް

މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ ބިރަކާ ނުލާ މަޖާކުރެވެން ޖެހޭނެކަން ޕްރޮމޯޓު ކުރި ފަރާތްތައް: ރައީސް

މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ ބިރަކާ ނުލާ މަޖާކުރެވެން ޖެހޭނެކަން ޕްރޮމޯޓު ކުރި ފަރާތްތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ "މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުގައި ވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރައްވާ ކޮންމެ މީހެއް ވެސް ގަބޫލުކުރައްވާނެ ގޮތުގައި، ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،“ ކަމަށެވެ.

ރައީސް އެ ފާހަގަކުރައްވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި ސިޔާސަތަކަށެވެ. ’މަޖާކުރުން: ބިރަކާ ނުލާ ފޫހިފިލުވުން“ ގެ ނަމުގައި އެމްޑީޕީން އެ ސިޔާސަތު ހުށަހެޅީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ސިޔާސަތަށެވެ.

”އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން، ދީނުގައި ކަނޑައެޅިފައިވާ އިންތަކާއި މިންތަކާއި އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ، މަޖާކުރާށޭ، ޒުވާންކަމުގައި ތި ކުދިން ބޭނުންގޮތަކަށް އުޅޭށޭ ކިޔާފައި އެ ހިތްވަރުދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ އެ ކުދިން މިސްޔޫސްކުރަމުންދާ ދިއުން ލޯހުޅުވައި ބަލަން އެބަޖެހޭ. އެ ކުދިން އެ މަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން،“ މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *