ތަހުގީގަށް އެއްބާރުލުމެއް ނުދޭ، އެހެންވެ ރައުދު ހައްޔަރު ކުރުމުގެ އަމުރަށް

ތަހުގީގަށް އެއްބާރުލުމެއް ނުދޭ، އެހެންވެ ރައުދު ހައްޔަރު ކުރުމުގެ އަމުރަށް

މާލޭގެ ގެއެއްގެ 9 ބުރިން، ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން ކުއްޖާގެ މައްސަލައިގައި ރައުދު އަޙްމަދު ޒިލާލް ހައްޔަރު ކުރަން ކޯޓު އަމުރަކަށް ފުލުހުން އެދިއްޖެއެވެ.

ރައުދަކީ، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ފުރާޅެއްގެ މައްޗަށް ވެއްޓުނު ހާދިސާގައި ޔުމްނުއާއެކު އުޅުނު މީހާއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކުރަން ކޯޓު އަމުރަކަށް އެދެން ޖެހުނީ ތަހުގީގަށް އެއްބާރުލުން ނުދޭތީ ކަމަށެވެ. ފުލުހުން މީގެކުރިން ބުނެފައި ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ.

ނަމަވެސް ފުލުހުން ކުރިން ދެއްކި ވާހަކަތަކާމެދު ސުވާލު އުފެދޭ ކަންކަން ހުރިކަމަށް އާންމުން ދިޔައީ ބުނަމުންނެވެ. މި މައްސަލައިގައި ފުލުހުން ބަޔެއް ކަންކަން ފޮރުވާ ކަމަށާއި މިކަމުގައި އިންސާފު ހޯދުމަށް އެދި ގިނަބަޔަކު ސޯޝަލް މީޑިޔާގައި ޝުއޫރު ފާޅު ކުރަމުން ދިޔައިރު ރޭ ވަނީ ޒުވާނުންތަކެއް މި މައްސަލައިގައި އިހުތިޖާޖުވެސް ކޮށްފައެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓްވެސް މިހާރު ހިފަހައްޓާފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *