އަށްހާހަށްވުރެ ގިނަ ދަރިވަރުންނާއެކު، މިއަހަރުގެ އޯވެލެލް އިމްތިޙާނު ރާއްޖޭގައި މިއަދު ފަށައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިއަދު ފެށި އޯލެވެލް އިމްތިޙާނުގައި ރާއްޖެއިން ޖުމްލަ 8،364 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އެއީ އެސްއެސްސީ އާއި ކެމްބްރިޖު އައިޖީސީއެސްސީ އިމްތިހާނު ހިމެނޭ ގޮތަށެވެ. މިއަދު ކުރިޔަށްދަނީ ދިވެހި މާއްދާއެވެ.
އޯލެވެލް އިމްތިޙާނު ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިއަށްދާނެއެވެ. މިއަދު އޯލެވެލް ފެށީ މިދިޔަ އަހަރު ގްރޭޑް 10 ގައި ކިޔެވި ދަރިވަރުންނަށެވެ. މިހާރު ގްރޭޑް 9 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އޯލެވެލް އިމްތިޙާނު އޮންނާނީ އަންނަ އަހަރުގެ އޮކްޓޯބަރުގައެވެ.