މިއަދު މާލެ އަތޮޅު ރިސޯޓެއް ކައިރިން ފެނުނު ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ ވަރު-ބައި އެޓްމޮސްފިއާ ރިސޯޓު ކައިރިން ފެނުނު އެ ކިނބޫ ހިފައި، ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެ ކިނބޫގެ ސައިޒުގެ އިތުރުން އެ ކިނބޫ ގެންދިޔަ ތަނެއް އެމްއެންޑީއެފް އިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ކިނބުލަކީ ސައިޒުގެ ގޮތުން ވަރަށް ބޮޑު ކިނބުލެކެވެ.