ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޒުވާނުންގެ ތެރޭގައި ރާއްޖޭގެ ނޫރައިން

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޒުވާނުންގެ ތެރޭގައި ރާއްޖޭގެ ނޫރައިން

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޒުވާން ލީޑަރުންގެ ތެރޭގައި އެމްއެމްޕީއާރުސީގެ ކުރީގެ ޗެއާޕާސަން އައިޝަތު ނޫރައިން ޖަނާހު ހިމެނިއްޖެއެވެ.

މިކަން އިއުލާނު ކޮށްފައި ވަނީ "ވޯލްޑް އިކޮނަމިކް ފޯރަމް" މިއަދު ކުރި އިއުލާނެއްގައެވެ. މަޝްހޫރު ވިޔަފާރިވެރިޔާ މުޙަންމަދު އަލީ ޖަނާހުގެ ދަރިކަނބަލުން، ނޫރައިންއަކީ އެންވަޔަމެންޓަލް، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) ސްޓްރެޓަޖީ އާއި އަދި މުޖުތަމައުގެ ފައިދާއަށް ޓަކައި ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަސައްކަތްކުރާ ލީޑަރެއްގެ ގޮތުގައި އެފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.

ނޫރައިންއަކީ އީއެސްޖީ ސްޓްރެޓަޖީއަށް ޚާއްސަ، ގްލޯބަލް އެޑްވައިޒަރީ ފާމެއް ކަމަށްވާ ރެހެންދި ކޮންސަލްޓިންގެ ފައުންޑަރވެސްމެއެވެ. މީގެއިތުރުން ނޫރައިންއަކީ ކަނޑޫފާ ފައުންޑޭޝަން އަދި އިންސްޓިޓިއުޓް އޮފް ޑިރެކްޓާސް މޯލްޑިވްސްގެ ޗެއާ އަދި ފައުންޑާއެވެ. މީގެއިތުރުން، ބައްޕަ ޖަނާހުގެ ހޮޓެލް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސް (ހަރިމް) ގްރޫޕްގެ ވައިސް ޗެއާރއަކީވެސް ނޫރައިންއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *