ފެނަކައިގެ އައިސްޕްލާންޓް މައްސަަލައިގައި ކުރީގެ އެމްޑީ ސައީދުއާއި މަސްއޫދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ފެނަކައިގެ އައިސްޕްލާންޓް މައްސަަލައިގައި ކުރީގެ އެމްޑީ ސައީދުއާއި މަސްއޫދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަންއިން ބަލައި ދެ ފަރާތެއްގެ ދައުވާކޮށްދިނުމަށް އެދި އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަޢީދު މުހައްމަދު (މައިފޫނާ / ގދ.ވާދޫ) އާއި އޭރުގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދު (ހިންމިޔާ / ރ.އުނގޫފާރު)ގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް ދެ ކުށެއްގެ ދައުވާކޮށްދިނުމަށް އޭސީސީން ހުށަހެޅި އެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި  ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް އަމަލުކުރުން ނުވަތަ ދައުލަތައް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީން ބުނިގޮތުގައި ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރުގެ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމީ

  • އެ ޕްރޮޖެކްޓަކީ ކުންފުންޏަށް ގެއްލުންހުރި، "އިންޓަރނަލް ރޭޓް އޮފް ރިޓާން" އަދި "ނެޓް ޕްރެޒެންޓް ވެލިއު" ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ.
  • މާމެންދޫގައި ފިޝަރީޒް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް ސައީދު ބޯޑު މެމްބަރުންނަށް ދޮގު މައުލޫމާތު ދީގެން

އޭސީސީން ބުނިގޮތުގައި ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން، ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެންދާނެ ކަމަށް ވެސް ބުނެ ސައީދު ބޯޑަށް ދޮގު މައުލޫމާތު ދީފައިވެ އެވެ.

އެ މައްސަލައިގައި ދައުވާކުރަން ފޮނުވި މަސްއޫދުގެ މައްސަަލަތަކުގެ ތެރޭގައި  އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި އޭނާ ހުށަގެޅި އަގު މާކެޓް ވެލިއުއަށްވުރެ މަތިކަން ތަހުގީގަށް ހާމަވިކަމަށް އޭސީސީން ބުންޏެވެ.

އޭގެ އިތުރުން އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ގާބިލުން ފެނަކައިގައި ހުރި ނަމަވެސް، މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށް އޮޅުވާލާފައިވާކަން ވެސް އޭސީސީން ފާހަަގަކުރި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *