އެކި މީހުން ޑޮލަރު މާރު ކުރަން ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު ފިލައިގެން އުޅޭ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ނަގާފައިވާ ހ. ހަވިއްތަ/މާލެ، އަލީ އާޒިމް(43އ.) ކިޔާ މީހެއް ކަމަށެވެ.
މި މައްސަލަ ބަލަމުން ދަނީ މ. ދިއްގަރު ޕޮލިސް ސްޓޭޝަނުންނެވެ. އެހެންވެ މިމަހުގެ 20 ވަނަ ދުވަހު އޭނާ ދިއްގަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން ވަނީ އަންގާފައެވެ.