ރާއްޖެ ޓީވީން މާފަށް އެދިއްޖެ

ރާއްޖެ ޓީވީން މާފަށް އެދިއްޖެ

ރާއްޖެ ޓީވީން ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއްގައި، ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ)، އަދި ޕްރެޒެންޓަރު ރަމީޒް، އޯޓިޒަމް އާއި ޑައުންސިންޑްރޯމްއާ މީހުންނާއި ގުޅުވައިގެން ހަޖޫޖަހައި ހީސަމާސާކޮށް ހެދި މައްސަލާގައި ރާއްޖެ ޓީވީން މާފަށް އެދިއްޖެއެވެ.

އެކަމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރާއްޖެ ޓީވީން ރޭ ނެރުނު ބަޔާނުގައި ބުނީ، އެ ޝޯގައި ދެކެވުނު ވާހަކައިން އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް ނިކަމެތިކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލު ކުރެވޭނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ.

ރާއްޖެ ޓީވީން މާފަށް އެދިފައިވަނީ އެ މައްސަލަ ބްރޯޑްކާސްޓިންގ ކޮމިޝަނުންވެސް ކުށްވެރިކޮށް އެ މައްސަލަ ބަލަން ނިންމާފައި ވަނިކޮށެވެ. މީގެއިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ އެކަން ކުށްވެރިކޮށް މައްސަލަ ބެލުމަށް ގޮވާލާފައެވެ.

ރާއްޖެ ޓީވީން ގެނެސްދިން މި ޝޯގައި ޕާޕާ އާއި މޮސްޓާ އަދި ރަމީޒް ވަނީ އެ ވާހަކައަށް ވަރަށް ބޮޑަށް ހީސަމާސާކޮށްފައެވެ. މި ވާހަކަ ތަކަށް އާންމުންގެ ފަރާތުން ސޯޝަލް މީޑިޔާގައި ދަނީ ވަރަށް ބޮޑަށް ފާޑުކިޔައި އެކަން ކުށްވެރި ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *