ބިދޭސީންގެ އަތުން ރިޝްވަތު ނެގި ކަމަށް ބުނާ އިމިގްރޭޝަންގެ އޮފިސަރުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މާލެ/ ގ.ލިޓޯނިއާ، އާއި އިތުރު ތިން އިމިގްރޭޝަން އޮފިސަރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައާ ގުޅިގެން ޖުމްލަ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ބިދޭސީންގެ އަތުން ރިޝްވަތު ނެގި މައްސަލައިގައި ހައްޔަރުކުރި މީހުން:
- ތ.ބުރުނި/ މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއީލް (21އ)
- މާލެ/ ގ. ހެޕީސައިޑް، އިބްރާހިމް އަހުމަދު (37އ)
- މާލެ/ ގ. ހެޕީސައިޑް، ހަސަން ސަހެޝާން (47އ)
- މާލެ/ މ. ހަޒާރީވިލާ، އަހުމަދު ލައްސާނު (40އ)
ފުލުހުން އިއްޔެ ބުނެފައިވަނީ ޝައްމާނުގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފައިވާ ކަމަށެވެ. އަދި ދެ މީހަކު 10 ދުވަހަށް އަދި އަނެކަކު 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން މިއަދު ވަނީ ޝައްމާނުގެ އަނބިކަނބަލުންގެ ފޯނު އަތުލައި އިތުރު ދެ މީހަކު ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފަ އެވެ.
ޝަމްއާންގެ މައްޗަށް ތުހުމަތު ކުރަނީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ބިދޭސީން ތަކެއްގެ އަތުން ފަސް ލައްކައަށްވުރެގިނަ ރުފިޔާ ނެގިކަމުގެ ތުހުމަތެވެ. ނަމަވެސް ޝަމްއާން ބަންދު ކުރުމާއި ހަމައަށްވެސް މިކަމުގައި އޭނާގެ ބަހެއް މީޑިޔާއަށް ލިބިފައިނުވެއެވެ.
ޝަމްއާންގެ މައްޗަށް އޮތް ތުހުމަތު އިމިގްރޭޝަނުގެ އެހެން އޮފިޝަލުން ތަކަކަށްވެސް ފުލުހުން ކޮށްފައިވެއެވެ. ފުލުހުން ބުނީ އެކަންކޮށްފައި ވަނީ ޝަމްއާނާއި ގުޅިގެން ކަމަށެވެ. ފުލުހުން މީގެކުރިން ވަނީ ޝަމްއާނު ދިރިއުޅުއްވާ ގެވެސް ބަލައި ފާސްކޮށްފައެވެ. އަދި އެގެއިން ގިނަ އަދަދެއްގެ ނަގުދު ފައިސާ އާއި އިތުރު އެއްޗެހިވެސް ފުލުހުން ވަނީ ގެންގޮސްފައެވެ