ރޯދަމަހު ހުއްދަ ނެތް ގަޑިތަކުގައި މުދާ އުފުލައިފިނަމަ 750 ރުފިޔާއިން ޖޫރިމަނާ

ރޯދަމަހު ހުއްދަ ނެތް ގަޑިތަކުގައި މުދާ އުފުލައިފިނަމަ 750 ރުފިޔާއިން ޖޫރިމަނާ

މި ރަމަޞާން މަހު މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލޭ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރޯދަ މަހު މާލެ ސަރަހައްދުގައި މުދާ އުފުލުމުގެ ހުއްދަ އޮންނާނީ، ހެނދުނު 9:30 އިން ހަވީރު 16:30 އަށް، އަދި ރޭގަނޑު 20:00 އިން ހެނދުނު 8:00 އަށެވެ. މި ނޫން ވަގުތު ތަކުގައި ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ރަމަޟާންމަހުގެ ފަހު 10 ގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ފެށިގެން ހަވީރު 16:30 އަށް ކަމަށެވެ. އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އާ ހަމައަށް ކަމުގައިވެސް ވަނީ ނިންމާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ނޫން ވަގުތުތަކުގައި އެކަން ކުރާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިގޮތަށް ގަޑިތައް ހަމަޖެއްސީ އޮފީސް ގަޑިތަކާ ދިމާކޮށް ޓްރެފިކް ބެލެހެއްޓުމަށް ފަސޭހަ ކުރުމަށާއި، މަގުތަކުގެ ޓްރެފިކް ކުޑަ ކުރުމުގެ ބޭނުމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *