ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު އަޒާން މަރުޒޫގު ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެކޮމިޓީން އަޒާން ވަކިކުރީ ދާދިފަހުން މަޖިލީހުގައި ނެގި ސުޕްރީމް ކޯޓުގެ ބެންޗުގެ ވޯޓުގައި އަޒާން ދެކޮޅު ހެދުމުން ޕީއެންސީ ތެރޭގައި އޭނާއަށް އޮތް ޕްރެޝަރުތަކުގެ ތެރެއިންނެވެ.
އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާންއެވެ. 241 ކޮމިޓީއަށް ޕީއެންސީން ހަމަޖެއްސީ ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލްއެވެ.
މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީއަކީ މަޖިލީހުގެ އެންމެ މުހިންމު ދެކޮމިޓީއެވެ. މި ދެކޮމިޓީން ވަކިކުރުމުން މިހާރު އަޒާން އިންނާނީ ހަމައެކަނި އިމްތިޔާޒާއި ސުލޫކު ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީގައި އެކަންޏެވެ.