ޕީސީބީގެ ރައީސް މަގާމުން ވަކިކޮށްފި

ޕީސީބީގެ ރައީސް މަގާމުން ވަކިކޮށްފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ކަމުން ހަމްދީ އަގީލް އެ މަގާމުން ވަކިކޮށްފި އެވެ.

ހަމްދީ ވަކިކުރިކަން ކަށަވަރުވެފައި ވިޔަސް، ވަކިކުރި ސަބަބެއް އޭނާ ނުބުނެ އެވެ. ނަމަވެސް ރައީސް ކަމުން ހަމްދީ ވަކިކުރި ސަބަބެއް ކަމަށް ގިނަބަޔަކު ގަބޫލުކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އޮތް ގާތް ގުޅުމެވެ. މިފަހުން ރައީސް މުއިއްޒާއި އަބްދުއްރަޙީމްގެ ގުޅުން ގޯސްވި ފަހުން އަބްދުއްރަޙީމްގެ ގާތް ބޭފުޅުން މަގާމުތަކުން ދަނީ ވަކި ކުރަމުންނެވެ.

ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ. އެ ބޯޑުގެ ރައީސަކަށް ހަމްދީ އައްޔަން ކުރައްވަން ރައީސް މުއިއްޒު ނިންމެވީ މި ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *