ރައީސްގެ އެސްޓޯނިއާ ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ޚަރަދުވި

ރައީސްގެ އެސްޓޯނިއާ ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ޚަރަދުވި

އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު ދާދިފަހުން އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޚަރަދަށް ދައުލަތުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ ޚަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ހުސްވި މަހުގެ 13 ން 17 އަށް، ފަސް ދުވަހަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދުގެ ތަފްސީލު ރައީސް އޮފީހުން ހާމަކުރިއިރު، ދަތުރުގެ ޖުމްލަ ޚަރަދުގެ ގޮތުގައި އޮތީ 1،371،069.18 ރުފިޔާއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުންވެސް ސަރުކާރުގެ ބަޔެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅަކީ އެސްޓޯނިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ރަނގަޅު ކުރުމަށް މަޝްވަރާ ކުރެވިގެންދިޔަ ދަތުރުފުޅެއް ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅުވާނެ ކަމުގެ އުންމީދު އާވި ދަތުރުޅެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ދަތުފުޅުގައި ދެ ގައުމުގެ މެދުގައި ތިން އެމްއޯޔޫއެއްގައި ސޮއި ކުރެވިގެންވެސް ދިޔައެވެ. އެއީ، ދިވެހި ސަރުކާރާއި އެސްޓޯނިއާގެ ސަރުކާރާ ދެމެދު މައުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ދާއިރާ ތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކާއި، ދެ ގައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމުގެ އެއްބަސްވުމެއްގެ އިތުރުން، ރާއްޖޭގެ ހޯމް މިނިސްޓްރީ އާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްއާ ދެމެދުގައި ސޮއި ކުރެވިގެންދިޔަ އެއްބަސްވުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *