ޝަހީދުންގެ ދުވަހަށް ހަރަކާތްތަކެއް އެބަ ރާވަން، އެދުވަސް މިފަހަރު ދިމާވަނީ ޖެނުއަރީ 31 އަށް: ގައުމިއްޔަތު ވަޒީރު

ޝަހީދުންގެ ދުވަހަށް ހަރަކާތްތަކެއް އެބަ ރާވަން، އެދުވަސް މިފަހަރު ދިމާވަނީ ޖެނުއަރީ 31 އަށް: ގައުމިއްޔަތު ވަޒީރު

މިއަހަރުގެ ޝަހީދުންގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށްޓަކައި ޚާއްސަ ހަރަކާތްތަކެއް ރާވަމުންދާ ކަމަށް ގައުމިއްޔަތާބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހާގުޅޭ ފޮޓޯއަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ނަސީރު ވިދާޅުވީ މި އަހަރުގެ ޝަހީދުންގެ ދުވަސް ދިމާވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހަށް ކަމަށެވެ.

"1  ޝަޢުބާން އެއީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޝަހީދުންގެ ދުވަހެވެ. މި ދުވަސް މީލާލުން މި އަހަރު ދިމާވަނީ މި ޖަނަވަރީ މަހުގެ 31 ވަނަ ދުވަހާއެވެ. މި އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ހަރަކާތްތަކެއް ރޭވެމުން އެބަ ދެއެވެ." އާދަމް ނަސީރު ވިދާޅުވިއެވެ.

ނަމަވެސް އެ ދުވަހާއި ގުޅިގެން ރާވަމުންދާ ހަރަކާތްތަކުގެ ތަފްސީލު ވަޒީރު ނުދެއްވައެވެ.

ޝަހީދުންގެ ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަން ކަމަށްޓަކައި ހަނގުރާމަކޮށް ޝަހީދުވެވަޑައިގެންނެވި އަލިރަސްގެފާނުގެ ހަނދާނުގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. ޝަހީދުންގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ ޝައުބާން މަހެއްގެ 1 ވަނަ ދުވަހެވެ. ބުނެވޭގޮތުގައި އެއީ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *