ރާއްޖޭގެ 12 އަތޮޅަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މި 12 އަތޮޅަށް ވައިޓް އެލާޓް ނެރުނީ، އިރުވައި މޫސުމުގެ ގަދަ ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީއެވެ. ވައިޓް އެލާޓް ނެރެފައި ވަނީ، ހއ،ހދ،ށ،ނ،ރ،ބ،ޅ އަދި ލ،ގއ،ގދ،ޏ،ސ އަތޮޅަށެވެ.
މެޓް އޮފީފުން ބުނީ މިއަދު ހެނދުނު 8:30 ން ފެށިގެން މިއަދު މެންދުރު 2:30 އާ ދެމެދު މި އަތޮޅު ތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.
މި ދުވަސްވަރު މުޅިރާއްޖެއަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި އެމްއެންޑީއެފް އަދި ކަމާގުޅުން ހުރި އެހެން އިދާރާ ތަކުން ގުޅިގެން ވަނީ ޖޮއިންޓް ސެންޓަރެއްވެސް މިހާރު ގާއިމް ކޮށްފައެވެ.
މިއަހަރު ފެށުނީއްސުރެ ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ވަރަށްގިނަ ރަށްރަށަށް ވަނީ ގެއްލުން ލިބިފައެވެ.