މިއީ އެސްޓޯނިއާ އާއި ރާއްޖޭގެ އާ ފެށުމެއް: ރައީސް

މިއީ އެސްޓޯނިއާ އާއި ރާއްޖޭގެ އާ ފެށުމެއް: ރައީސް

އޮސްޓޭނިއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގެ އާ ފެށުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރެއްވި މި ތާރީޚީ ދަތުރުފުޅަކީ، ދިވެހި ރައީސަކު އެ ޤައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެސްޓޯނިއާގެ ރައީސް، ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ބައެއް ވަޒީރުން އަދި ޓާރްޓޫގެ މޭޔަރާއި އެ ޤައުމުގެ ދާރިސުން ފަދަ އެސްޓޯނިއާގެ ލީޑަރޝިޕްގެ އިސް ވެރިންނާއެކު ތަފާތު މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ އިސްތިރާޖުތައް ފައްތަރުލުމާއި، ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތަކާމެދުގައެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމުގެ އާ ދައުރެއްގެ ފެށުންކަމުގައި ސިފަކުރައްވާފައެވެ. އުފެއްދުންތެރި ބައްދަލުވުންތަކާއި، ޑިޖިޓަލައިޒޭޝަނާއި، ތިމާވެށި އަދި ސިޔާސީ ދާއިރާއިން ވެފައިވާ ފަހުމުނާމާތަކުން މިކަން ކަށަވަރުކޮށްދޭކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އެސްޓޯނިއާއަށް ގެނެސްފައިވާ ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ، ކުރުންތެރި އަދި ދެފުށްފެންނަ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރެވިދާނޭކަމުގެ ނަމޫނާއެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެސްޓޯނިއާގެ ތަޖުރިބާއާ މެދު އުނގެނުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޑިޖިޓަލް ގަވަނަންސްއަކީ ދިވެހިރާއްޖެއިން އަހަންމިއްޔަތުކަން ދޭ ކަމެއްކަން، އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނާއި ދިވެހި ވަފުދަށް ވިދާޅުވި ހޫނު މަރުޙަބާއަށާއި، އަދާކުރެއްވި މެހުމާންދާރީއަށްޓަކައި، ޚާއްޞަކޮށް ރައީސް ޑޮކްޓަރ ކަރިސްއަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *