މާލޭގެ 36 ގެއަކުން 226 މީހަކަށް ވަގުތީ ހިޔާވަހިކަން ހަމަޖައްސަން ޖެހުނު

މާލޭގެ 36 ގެއަކުން 226 މީހަކަށް ވަގުތީ ހިޔާވަހިކަން ހަމަޖައްސަން ޖެހުނު

އިއްޔެ އާއި ރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މެދުކެނޑުމެއް ނެތި ވެހެމުންދިޔަ ބޯ ވިއްސާރައިގެ ސަބަބުން ގިނަބަޔަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، މާލެއިން 226 މީހަކަށް ވަގުތީ ހިޔާވަހިކަން ދޭން ޖެހުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ، ފެން ވަނުމުގެ ސަބަބުން ވަގުތީ ހިޔާވަހިކަމާއި ކާނާ ފޯރުކޮށްދޭން ޖެހުނު 226 މީހުންނަކީ މާލޭގެ 36 ގެއެއްގައި ދިރިއުޅެމުން ދިޔަ މީހުން ކަމަށެވެ. ނަމަވެސް 500 އަށްވުރެވެސް ގިނަ ތަންތަނަށް ފެން ވަދެގެން މާލެއިން ރިޕޯޓު އައިކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެންޑީއެމްއޭ އިން ބުނީ ފެން ވަނުމުގެ ސަބަބުން 774 ތަނަކަށް އެކިވަރުގެ އެހީތެރިކަން ފޯރުކޮށްދޭން ޖެހުނު ކަމަށެވެ. އޭގެތެރެއިން 554 ފަރާތަކުން އެދުނީ ފެން ވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖަހައިދިނުމަށް ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

އިއްޔެ އާއި ރޭ ރާއްޖެއަށް ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން މާލޭގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފެންގަނޑު ހެދި ބޮޑެތި ގެއްލުންތައް ވެފައިވެއެވެ. އެގޮތުން އެންމެގިނަ ގޭގައި ފެން ހެދުނު ކަމަށް ރިޕޯޓު ކޮށްފައި ވަނީމފ. ނިލަންދޫންނެވެ. އެ ރަށުން 80 އިންސައްތަ ގެއަށް ވަނީ ފެން ވަދެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *