ޚުދުމުޚުތާރު ވެރިކަމަކަށް އަނބުރާ ދިޔަނުދޭން، މީޑިޔާގެ މިނިވަންކަމަށް އާބާރެއް ލާންޖެހިއްޖެ: ޝާހިދު

ޚުދުމުޚުތާރު ވެރިކަމަކަށް އަނބުރާ ދިޔަނުދޭން، މީޑިޔާގެ މިނިވަންކަމަށް އާބާރެއް ލާންޖެހިއްޖެ: ޝާހިދު

ޚުދުމުޚުތާރު ވެރިކަމަކަށް ރާއްޖެ އަނބުރާ ދިއުން ހުއްޓުވުމަށްޓަކައި މީޑިޔާގެ މިނިވަންކަން ހޯދުމަށް އާބާރެއް ލާންޖެހިފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަމިއްލަ ޓީވީ ޗެނަލެއް ކަމުގައިވާ "ރާއްޖެ ޓީވީ"ގެ 14 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ސްޓޭޝަންގެ މެނޭޖްމަންޓަށާއި ރާއްޖެ ޓީވީގެ ޓީމަށް ވިދާޅުވެ، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ  މިނިވަން މީޑިއާއަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށެވެ. ނަމަވެސް މިއަދު މިވަނީ "އެބާރަށް އާބާރެއް" ލާންޖެހިފައި ކަމަށް ވިދާޅުވިއެވެ.

" މިނިވަން މީޑިއާއަކީ ޑިމޮކްރަސީގެ 4 ވަނަ ބާރު. މިއަދު މިވަނީއެބާރަށް އާބާރެއް ލާން ޖެހިފައި" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ޚުދުމުޚުތާރު ވެރިކަމަކަށް ރާއްޖެ އަނބުރާ ދިއުން ހުއްޓުވުމަށް ރާއްޖެ ޓީވީގެ ހިތްވަރުގަދަ ޓީމު ސާބިތުކަމާއެކު އާބާރެއްލައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަންވެސް އެބައޮތް ކަމަށެވެ.

ޝާހިދުގެ މެސެޖުގައި، ރައްޔިތުންނާ ހަމައަށް އިތުބާރު ހުރި ތެދު ޚަބަރު ފޯރުކޮށްދީ، މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމު ދެމެހެއްޓުމަށް، ފާއިތުވި 14 އަހަރު ރާއްޖެ ޓީވީން ކޮށްފައިވާ މަސައްކަތަށް ޝާހިދު ވަނީ ތައުރީފު ކުރައްވާފައިވެއެވެ.

މިއަދަކީ ރާއްޖެ ޓީވީގެ 14 ވަނަ އަހަރީ ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *