ހައުސިން މިނިސްޓްރީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ފުލެޓް ލިސްޓު އަނދައިފައިނުވާ ކަމަށާއި އެ ލިސްޓު ރައްކާކޮށްފައިވަނީ ޑިޖިޓަލް ސާވާއެއްގައި ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެ ވުޒާރާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ހިންގަމުން އަންނަ އިމާރާތުގައި އަލިފާން ރޯވެފައިވާއިރު، ފަޔާ އެންޑް ރެސްކިއު ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން އެ ވުޒާރާގެ އެއްވެސް މުވައްޒަފަކަށް އަނިޔާވެފައިނުވާ ކަމަށެވެ.
މީގެ އިތުރުން ހާދިސާއާ ގުޅިގެން އެ އެ ވުޒާރާއިން ކުރަމުންދާ ގެދޮރުވެރިއާ ސްކީމާގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަކީ އެ ވުޒާރާގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތެއްކަމަށްވާތީ، މި ހާދިސާގެ ސަބަބުން އެ މައުލޫމާތަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށްވެސް ބުންޏެވެ.
ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާަާއާ ގުޅިގެން އެ މިނިސްޓްރީ ވަނީ އެއްކޮށް އަނދައިފަ އެވެ.