މަޖިލީހުގެ ޖަލްސާ މިރޭ 11 ޖަހަންދެން ކުރިޔަށް ގެންދަން ނިންމައިފި

މަޖިލީހުގެ ޖަލްސާ މިރޭ 11 ޖަހަންދެން ކުރިޔަށް ގެންދަން ނިންމައިފި

އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި ވާހަކަދައްކަވަން ބޭނުންވެވަޑައިގަންނަވާ މެންބަރުންނަށް ފުރުސަތު ދެއްވުމަށްޓަކައި މިރޭ 11:00 އާ ހަމައަށް ޖަލްސާ ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

ބަޖެޓް ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށާފައި ވަނީ އިއްޔެއެވެ. އިއްޔެގެ ޖަލްސާގައި ބަޖެޓް ބަހުސްގައި 6 މެންބަރަކު ވާހަކަ ދެއްކެވިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ، މިރޭ 11:00 އާ ހަމައަށް ބަޖެޓް ބަހުސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މާދަމާގެ ޖަލްސާގެ ވަގުތުވެސް އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މިއަދާއި މާދަމާގެ މަޖިލިސް ޖަލްސާގެ ވަގުތު އިތުރު ކުރުމަށް މަޖިލީހަށް ހުށަހެޅުއްވިއެވެ. ޖަލްސާގެ ވަގުތު އިތުރު ކުރަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 53 މެމްބަރުންގެ ތެރެއިން ވޯޓު ދެއްވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ގައެވެ.

މަޖިލީހުގެ އާއްމު ކޮމެޓީން ނިންމާފައި ވަނީ، ބަޖެޓް ބަހުސްގައި ވާހަކަ ދެއްކެވުމަށް މަޖިލީހުގެ ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދިނުމަށެވެ. ބަޖެޓުގެ ބަހުސް ހިނގަމުންދާ ވަގުތު މެންބަރުން ފާހަގ ަކުރައްވާ ނުކުތާތަކަށް ޖަވާބު ދެއްވުމަށް މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ގޮތެއްގެ މަތީން ފިނޭންސް މިނިސްޓަރަށް ޖުމްލަ 45 މިނެޓުގެ ވަގުތެއް ދޭން ެސް ކޮމިޓީން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ބެޖެޓް ކޮމެޓީން ބަޖެޓް ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާ ކޮމެޓީ ރިޕޯޓަށް ބަހުސްކުރާ މަރުހަލާގައި ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ އެއް ފުރުސަތު ދިނުމަށްވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *