500 ހަމަނުވާ ރަށްރަށުގެ މީހުން ތަރައްގީ ބޭނުމިއްޔާ އެނޫންގޮތެއް ހޯދަންޖެހޭ، އޮތްގޮތަކީ އެއްފަސް ކުރުން: ހައިދަރު

500 ހަމަނުވާ ރަށްރަށުގެ މީހުން ތަރައްގީ ބޭނުމިއްޔާ އެނޫންގޮތެއް ހޯދަންޖެހޭ، އޮތްގޮތަކީ އެއްފަސް ކުރުން: ހައިދަރު

ރާއްޖޭގައި 500 ހަމަނުވާ ރަށްރަށުގެ މީހުންވެސް ތަރައްގީ ބޭނުމިއްޔާ އެނޫން ގޮތެއް ހޯދަންޖެހޭ ކަމަށާއި، އެކަމުގައި އޮތް ހައްލަކީ އެއްފަސް ކުރުން ކަމުގައި ހައުސިންގ މިނިސްޓަރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ހައިދަރު ވިދާޅުވީ މީހުން ދިރިއުޅޭ 186 ރަށް އޮތްއިރު، އޭގެތެރޭގައި 500 މީހުން ހަމަނުވާ 55 ރަށް ރާއްޖޭގައި އެބައޮތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ، އެފަދަ ކަންކަމުގެ ހައްލެއްގެ ގޮތުން، އާރބަން ސެންޓަރު ތަކުގައި މީހުން އާބާދު ކުރުވުން ކަމަށެވެ. އޭނާ ވިދާޅުވީ އެއްފަސް ކުރުމުގެ ޕްރޮގްރާމެއް ހިންގައިގެން ނޫނީ ހުރިހާ ރައްޔިތުންނަށް އެންމެ ރަނގަޅު ޚިދުމަތް ތަކެއް ނުދެވޭނެ ކަމަށެވެ.

ހައިދަރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މަދު ރަށްތަކަކަށް ފޯކަސްކޮށް، އެ ރަށްތަކުގައި ދެވޭ ހުރިހާ ޚިދުމަތެއްގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ގޮތަށް 7 އާބަން ސެންޓަރު ގާއިމްކޮށް އެއިން ކޮންމެ އާބަން ސެންޓަރެއްގައި މަދުވެގެން 10 ހާސް މީހުން ދިރިއުޅޭނެ ކަމަށް ވިދާޅުވިއެވެ.

"މަތީފެންވަރުގެ ޚިދުމަތްތައް ދިނުމަށް އެރަށްރަށަށް މީހުން ގެނެސް އާބާދު ކުރަން ޖެހޭނެ،" މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

ައިދަރު ވިދާޅުވީ އުތުރުގެ އާރބަން ޑިވެލޮޕްމަންޓް ސަރަޙައްދުގައި މިހާރު 55،000 މީހުން އަދި ދެކުނުގެ އާރބަން ޑިވެލޮޕްމަންޓް ސަރަޙައްދުގައި 50،000 މީހުންގެ އާބާދީއެއް އެބައޮތް ކަމަށާއި އެ ސަރަޙައްދުތައް ތަރައްޤީ ކުރަނީ ލައްކައެއްހާ މީހުންނަށް އުޅެވޭ ގޮތައް ކަމަށެވެ.

ސަރުކާރުން އިއްޔެ އާންމުކުރި ލިސްޓުގައިވާ ގޮތުން ރާއްޖޭގައި އާބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅާ ހަތް ރަށަކަކީ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫގެ އިތުރުން ލ. ފޮނަދޫއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *