ފަލަސްތީން ޓެލެތޯނަށް ލިބުނު 19 މިލިޔަން ރުފިޔާ ފަލަސްތީނާ ހަވާލު ކުރެވިއްޖެތޯ؟ މީކާއީލް

ފަލަސްތީން ޓެލެތޯނަށް ލިބުނު 19 މިލިޔަން ރުފިޔާ ފަލަސްތީނާ ހަވާލު ކުރެވިއްޖެތޯ؟ މީކާއީލް

ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ރާއްޖެއިން ކުރިއަށް ގެންދިޔަ ޚާއްސަ ޓެލެތޯން "ފަލަސްތީނާއެކު ދިވެހިން" އަށް ލިބުނު ފައިސާއާ ބެހޭގޮތުން ސުވާލު ކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެކަމާބެހޭގޮތުން ސުވާލު ކުރުމަށް މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅުއްވާފައިވަނީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމްއެވެ.  އޭނާ މިނިސްޓަރާ ކުރެއްްވުމަށް ހަމަޖެހިފައިވާ ސުވާލުގެ ގޮތުގައި ހިމަނާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނަށް ލިބުނު 19.1 މިލިޔަން ރުފިޔާ ފަލަސްތީނު ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލު ކުރެވިއްޖެތޯ ސުވާލު ކުރެއްވުމަށެވެ.

އެ ފައިސާ އެފަރާތާ ހަވާލު ނުކުރެވޭނެމަ، ފައިސާ ހަވާލު ނުކުރެވި 4 މަހަށްވުރެން ދިގު މުއްދަތެއް ފާއިތުވެފައިވާ ސަބަބު ސާފު ކޮށްދެއްވުމަށާއި، އެ ފައިސާ ފަލަސްތީނު ރައްޔިތުންނަށް ރައްދު ކުރެވޭނެ ތާރީހެއް ސާފ ުކޮށްދެއްވުމަށް މީކާއީލް އެދިފައިވެއެވެ.

ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ ބައެއް މީޑިޔާތަކާއި ގުޅިގެން ހުސްވި ޖޫން މަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޓެލެތޯނަށް 19 މިލިއަން ރުފިޔާ ލިބުނެވެ. އަދި އެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނާ ހަވާލުކުރުމަށް ޖުލައި 3 ވަނަ ދުވަހު ފޮރިން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *