ޗައިނާއިން ނަގާފައިވާ ލޯނެއް ދައްކަން 74.7 މިލިޔަން ޑޮލަރުގެ އިތުރު ލޯނެއް ނަގައިފި

ޗައިނާއިން ނަގާފައިވާ ލޯނެއް ދައްކަން 74.7 މިލިޔަން ޑޮލަރުގެ އިތުރު ލޯނެއް ނަގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް އަޕްގްރޭޑް ކުރުމަށް ޗައިނާއިން ނަގާފައިވާ ލޯނު ދެއްކުމަށްޓަކައި ރީފައިނޭންސް އެގްރީމެންޓްގެ ދަށުން ޗައިނާގެ އިންޕޯޓް އެކްސްޕޯޓް ބޭންކުން ނަގާފައިވާ 74.7 ޑޮލަރުގެ ލޯމާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާ ކޮށްފިއެވެ.

ސެޕްޓެމްބަރު 23، 2024، ގައި ސޮއި ކޮށްފައިވާ މި ލޯނާބެހޭ މައުލޫމާތުތައް ކޮމިޓީއާ ހިއްސާ ކޮށްފައިވަނީ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއި ކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއަކުންނެވެ.

އެސިޓީގައި ވާގޮތުން މިއީ ތިންއަހަރުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން 6 އަހަރު ދުވަހުގެ ތެރޭގައި ދައްކާގޮތަށް ނަގާފައިވާ ލޯނެކެވެ.

ލޯނު ރީފައިނޭންސް ކުރަންޖެހޭ ސަބަބުގެ ގޮތުގައި އެ ސިޓީގައި ފާހަގ ަކޮށްފައިވަނީ، މިކަމުގެ ސަބަބުން ކުރު އަދި މެދު ރާސްްތާގައި ސަރުކާރުން ދައްކަންޖެހޭ ދަރަނި ދެއްކުމަށް ލުއިތަކެއް ލިިބި ދައުލަތުގެ ރިޒާވުން ކުރަންޖެހޭ ހޭދަ ކުޑަކުރެވި ދައުލަތުގެ މާލީ ހާލަތު ރަނގަޅު ވެގެންދާނެއެވެ.

ދެ ޕަސެންޓް އިންޓްރެސްޓްގައި ދައްކަންޖެހޭ މިލޯނު 2030 ވަނަ އަހަރުގެ ނިޔަލަށް ދައްކައި ހަލާސް ކުރަންޖެހެއެވެ. އެއީ އަންނަ ޖެނުއަރީ މަހުގެ 21 ގައި ފުރަތަމަ އިންޓްރެސްޓް ޕޭމެންޓާކު، ލޯނުގެ ފުރަތަމަ ޕޭމަންޓް 21 ޖުލައި 2027 ގައި ދައްކަންފަށަން ޖެހޭ ގޮތަށެވެ.

މިލޯނުން ރިފައިނޭންސް ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު، 2015، ގައި ސަރުކާރުން ނެގި 373.8 މިލިއަން ޑޮލަރުގެ ލޯނެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *