އޮޑިޓް އޮފީހަށް 114 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

އޮޑިޓް އޮފީހަށް 114 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

އަންނަ އަހަރަށް އޮޑިޓް އޮފީހަށް 114.4 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށް އޮޑިޓާރ ޖެނެރަލް އޮފީހަށް އެ ބަޖެޓް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއެވެ.

އޮޑިޓާރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވަނީ، ހުޅުމާލޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ އެތަނުގެ އާ އިމާރާތައް ބޭނުންވާ 19 މިލިޔަން ރުފިޔާއާއެކު ޖުމްލަ 99.6 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީގައި ބަހުސް ކުރިއަށްދިޔައިރު، ކޮމިޓީގެ މެންބަރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުކާވާ 114.4 މިލިޔަން ރުފިޔާގެ ބަޖެޓެއް އެ އޮފީހަށް ދިނުމަށް ހުށަހެޅުއްވިއެވެ.

ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު މަރުޒޫގެވެ.

އެގޮތަށް 114.4 މިލިޔަން ރުފިޔާގެ ބަޖެޓެއް އޮޑިޓާޖެެނެރަލްގެ އޮފީހަށް ދޭން ކޮމިޓީން ފާސްކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *