އިންޑިޔާ ދެމީހުން ރާއްޖެ އެތެރެކުރި ދެ މިލިޔަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

އިންޑިޔާ ދެމީހުން ރާއްޖެ އެތެރެކުރި ދެ މިލިޔަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއައި އިންޑިޔާ ދެމީހުންގެ ލަގެޖުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗެހިތަކެއް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓްމްސް އިން ބުނީ މިތަކެތި އަތުލައިގަތީ، މިމަހުގެ 14 ވަނދުވަހު، މެލޭޝިއާއިން ރާއްޖެއައި އިންޑިއާގެ ދެފަސިންޖަރުން ކަމަށްވާ (އުމުުރުން 41 އަހަރުގެ ފިރިހެނަކާއި، އުމުުރުން 38 އަހަރުގެ އަންހެނެއް) ގެ އަތުން ކަމަށެވެ.
އެމީހުން އެތަނކެތި ގެނެސްފައިވަނީ ލަގެޖުގައި ރައްކާކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.
މަސްތުވާތަކެއްޗަށް ޝައްކު ކުރެވިގެން، މިދެފަސިންޖަރުންގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި މި ދެފަސިންޖަރުގެ ލަގެޖުން ފެނުނު އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަަމަށްވެސް ކަސްޓަމްސް އިން ުންޏެވެ.ވަ މިތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 2.05 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 2,050,000.00 (ދެ މިލިއަން ފަންސާސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސް ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހްގީގު ކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ދެފަސިންޖަރުން މިހާރު ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައި ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *