ވަކިކުރި 228 ސިޔާސީ މީހުން ދެން ލާނީ ކުންފުނިތަކަށް: ޣަފޫރު

ވަކިކުރި 228 ސިޔާސީ މީހުން ދެން ލާނީ ކުންފުނިތަކަށް: ޣަފޫރު

ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރަން ނިންމި 228 ސިޔާސީ މުވައްޒަފުންނަށް ދެން ވަޒީފާދޭނީ ސަރުކާރުގެ ޙިއްސާ އޮތް ކުންފުނިތަކުން ކަމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ ސަރުކާރަށް އާންމުދަނީ އިތުރުކުރަން ޓެކްސް ބޮޑުކުރިޔަސް ފައިދާއެއް ނެތްކަމަށާއި ސިޔާސީ ވަޒީފާތަކުން ވަކިކޮށް، އެމީހުން ކުންފުނިތަކަށް ލުމުން ދައުލަތުގެ ޚަރަދު އެއްވެސް ވަރަކަށް ކުޑަނުވާނެ ކަމަށެވެ.

"މީގަ ފޮރުވޭނެ އެއްވެސް ކަމެއް ނޯންނާނެ. މާދަމާ 228 މީހުން ކަނޑާލާފަ އަނެއްދުވަހު ސަރުކާރު ކުންފުނިތަކުން އެ 228 މީހުންނަށް ވަޒީފާ ދޭނެ ސަރުކާރެއް މިއީ. މިއިކީ ނޫން ހަރަދު ކުޑަކުރާ ގޮތަކީ. ހަރަދު ކުޑަކުރަންޏާ އިހުލާސްތެރިކަމާއެކު މަސައްކަތްކުރަންވީ،" ޣަފޫރު ވިދާޅުވިއެވެ.

ސަރުކާރުން އިއްޔެ ބުނެފައިވަނީ ސިޔާސީ މަގާމުތަކުގައި ތިބި 228 މުވައްޒަފަކު ވަޒީފާއިން ވަކިކުރާން ރައީސް ނިންމަވާފައިވާ ކަމަށެވެ. އެއީ 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *