ރުޅިއަޔަސް ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑުކުރާނަން: ފަލާހު

ރުޅިއަޔަސް ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑުކުރާނަން: ފަލާހު

ރިސޯޓު ހިންގާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކޮށްގެންތިބި ފަރާތްތައް ރުޅި އަޔަސް، ޓޫރިޒަމް ޤާނޫނަށް ގެންނަ އިސްލާހާއެކު، ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑުކުރާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރަން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގައި މިއަދު ކުރިޔަށްދިޔަ ބަހުސްގައި ފަލާހު ވިދާޅުވީ މި ޓެކްސްތައް ބޮޑުކުރުމަކީ ޓޫރިޒަމްގެ ސިނާއަތުގައި އިންވެސްޓް ކޮށްގެންތިބި ފަރާތްތައް ހިތްހަމަޖެހޭ ކަމަކަށް މިކަންނުވެދާނެ ކަމަށެވެ.

"ވެދާނެ މިއީ ފަހަރެއްގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ރިސޯޓު އޯނަރުންނާއި ނޫނީ އެ ނޫން ވެސް އެ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނަށް އެންމެ ހިތްގައިމު ކަމަކަށް ނުވެދާނެ" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އެފަރާތްތަކުން ރުޅިއަޔަސް ދައުލަތަށްލިބޭ އާންމުދަނީ އިތުރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

ފަލާހުގެ އިތުރުންވެސް ސަރުކާރަށް ނިސްބަތްވާ ހުރިހާ މެމްބަރުންވެސް މި ބަހުސްގައި ވާހަކަ ދެއްކެވީ ޓެކްސް ބޮޑުކުރަން ތާއީދު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *