އިޒްރޭލު ޕާސްޕޯޯޓު މަނާކުރުމުގެ ބިލު އަވަސްކުރަން ޕީއެންސީން ގޮވާލައިފި

އިޒްރޭލު ޕާސްޕޯޯޓު މަނާކުރުމުގެ ބިލު އަވަސްކުރަން ޕީއެންސީން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގައި އޮތް އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ބިލް ކުރިއަށް އަވަސް ކުރުމަށް ވެރިކަންކުރާ ޕީއެންސީން ގޮވާލައިފިއެވެ.

އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރުގެ ޖޫން މަހު ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ގޮތަށް ބިލަށް ގެންނަންޖެހޭ ބަދަލުތަކާއެކު އެކަން އަވަސްކުރުމަށް ފެންނަ ކަމަށެވެ.

"ރައްޔިތުންގެ ރޫހާއި ވިންދާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުވިކަމާއެކު ކުރުމަށް މި ޕާޓީން އިލްތިމާސް ކުރަން،" ޕީއެންސީން ބުނެފައިވެއެވެ.

އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކެބިނެޓުން ހުސްވި ޖޫންމަހުގެ ދެވަނަ ދުވަހު ވަނީ ނިންމާފައެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްވެސް ހުސްވި ޖޫން މަހުގެ ތެރޭގައި މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *